ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުން ގާތުގައި ވެވަޑައިގެންނެވި ވައުދުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ނުކުރައްވާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް އިން އިއްޔެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ވަނީ ދާދިފަހުން މަޖިލީހުގެ ޖަލްސާއެއްގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ރައީސް މުއިއްޒު މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައި ވާތީ އެކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ.
ބިގޭ ވިދާޅުވި ގޮތުގައި ޝިފާއުގެ އެ ވާހަކަފުޅުގައި އެ މެންބަރު އަމިއްލަ އަށް ދެކިވަޑައިގަންނަވާ ގޮތް ކަމަށެވެ. އެފަދަ މައްސަލައެއް ޕާޓީގެ ޕީޖީއަށް ހުށަހެޅިއްޖެ ނަމަ ޕީޖީން ގޮތް ނިންމާނީ ވަރަށް ބޮޑަށް ވިސްނުންތެރިކަމާއެކު ކަމަށް ބިގޭ ވިދާޅުވިއެވެ.
އެހެންނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށްވީ ވައުދުތައް އެންމެ ފުރިހަމަ ގޮތުގައި އަދާ ނުކުރައްވާކަން އެޕާޓީގެ ގިނަ މަޖިލިސް މެންބަރުން ވެސް ދެކިވަޑައިގަންނަވާ ކަމަށް ބިގޭ ވިދާޅުވިއެވެ.
ނަވާރަވަނަ ރައްޔިތުން މަޖިލިސް ނިމެން މިހާރު ބާކީ އޮތީ މަދު މަސްކޮޅެކެވެ. ނަމަވެސް ބިގޭ ވިދާޅުވީ އެ ދުވަސްތަކުގައި ވެސް އެމްޑީޕީގެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. އެގޮތުން ސަރުކާރު ޒިންމާދާރު ކުރުވުމަށް ވަޒީރުން ވެސް މަޖިލީހަށް ހާޒިރު ކުރާނެ ކަމަށް ބިގޭ ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ކަލޭމެން ފަޔަށް ހިނިއަރައިގެން ހޭބެލިވާވަރު އަދި ނުވޭ ވައުދު ނުފުދިގެން. ނޮވެމްބަރު 17 އިން ޑިސެމްބަރު 21 އަށް ނުޖެހޭ ހުރިހާ ވައުދު ފުއްދާ ނިންމާކަށް. އިބޫ 5 އަހަރު ނިންމާލި އިރު އެދައުރުގަ އަލަށް އުފަންވި އެއްވެސް ކުއްޖަކަށް ހަދިޔާޕެކެއް ނުލިބޭ. އެކަމަކު ކަހާތަން ހިރުވާވެސްނުލާ ކަލޭމެންގެ. މުނާފިގު ވިޔަސް ބޮޑުވަރު
ބޮޑު ވަރު