ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ދީފައިވާ ހުރިހާ ހައްގުތަކާއި މިނިވަންކަމެއްގެ މުލުގައިވާ ބާރެއް ކަމަށާއި އެހެންކަމުން އެބާރު އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ސަރުކާރަށް އިލްތިމާސް ކުރާ ކަމަށް ޑިމޮކްރެޓުން ބުނެފިއެވެ.
ޑިމޮކްރެޓުން ނެރެފައިވާ ނޫސް ބަޔާނެއްގައި މިއަދު ބުނީ ހަބަރު ގެނެސްދޭ އޮންލައިންކޮށް ހިންގާ ދެ ނޫހެއް ސަރުކާރުން ބްލޮކްކޮށް، އެ އޮންލައިން ނޫސްތަކަށް ނުވަދެވޭގޮތް ހަދާފައިވާތީ، ދަ ޑިމޮކްރެޓްސް އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރާ ކަމަށެވެ. އެ ދެ އޮންލައިން ނޫސްތައް ބްލޮކްކުރި ސަބަބެއް ސަރުކާރުން ސާފުކޮށް ބުނެދީފައި ނުވާ ކަމަށް ވެސް ޑިމޮކްރެޓުން ބުންޏެވެ.
"މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭ އަދި އިންޓަރނެޓް ސެންސަރޝިޕްގެ އަމަލެއްކަމަށް ދަ ޑިމޮކްރެޓްސް އިން ދެކެމެވެ،" ޑިމޮކްރެޓުން ބުންޏެވެ.
ބްލޮކް ކޮށްފައި ވަނީ ދިޔަވަރު.ކޮމް ނަމަކަށް ކިޔާ ނޫހަކާއި ކުރުސީ.ކޮމް ނަމަކަށް ކިޔާ ނޫހެކެވެ. މި ދެ ނޫހަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ދެ ނޫހެއް ނޫނެވެ.
މިކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ޝަހީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ސަރުކާރުން ބްލޮކް ނުކުރާނެ ކަމަށެވެ.
ޝަހީބް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް