ކޮވިޑް19 ގެ މުޅިން އާ ވޭރިއަންޓެއް އަނެއްކާވެސް ފެތުރެމުން އަންނާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ މި ފެށުނު ހަފްތާއަކީ ސުކޫލުތަކާއި ކޮލެޖު، ޔުނިވާސިޓީތަކަށް ޗުއްޓީ ފެށޭ ހަފްތާ ކަމުން ގިނަ ބަޔަކު ރާއްޖެއިން ބޭރާއި އަތޮޅުތަކަށް ދަތުރުކުރާނެތީ އެހެން އަހަރުތަކެކޭ އެއްގޮތަށް އަރިދަފުސް ރޯގާ އާއި ވައިރަލް ހުން އަދި ނޭވާލާ ނިޒާމަށް ޖެހޭ ގައިގަޔަށް އަރާ ބަލިތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެ އެޖެންސީން ބުނީ މިމަހުގެ ތެރޭގައި ކޮވިޑް19ގެ އާ ވޭރިއެންޓެއް ކަމަށް (ޖޭއެން-1) ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެނި ކޮވިޑް19 ފެތުރުން އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އެ އެޖެންސީން ވަނީ ބަލި ފެތުރުން ހުއްޓުވުމަށާއި އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ.
އެޗްޕީއޭ އިން އިރުޝާދު ދީފައިވާ ބައެއް ކަންކަން:
- ކެއްސާއި ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ކުޑަރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާކުރުން
- ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރިކަމާއެކު ކުނިވަށިގަނޑެއް ފަދަ އެއްޗަކަށް އެއްލާލުން
- ސައިބޯނި ލައިގެން އަތްދޮވުމަށް ސަމާލުކަން ދިނުން
- ރޯގާޖެހި ކެއްސާނަމަ އަނގަޔާއި ނޭފަތް ފޮރުވޭ ގޮތަށް މާސްކް އެޅުން
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ