ރާއްޖޭން ބޭރުގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓު އަދި ޑެބިޓު ކާޑުން މަހަކު 1،200 ޑޮލަރާއި ހަމައަށް ބޭނުން ކުރެވޭ ގޮތަށް ކާޑު ލިމިޓު އިތުރުކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ނާޒިމް ވިދާޅުވީ އެ ނިންމުމަށް އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށެވެ. މިހާރު ދަރިވަރުންނަށް ބޭނުން ކުރެވެނީ މަހަކު 750 ޑޮލަރާ ހަމައަށެވެ.
އެހެންކަމުން އެ މައްސަލަ ހައްލު ކުރުމަށްޓަކައި ކެބިނެޓުގައި މަޝްވަރާ ކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. މިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.
މީގެކުރިން ވަކި ލިމިޓެއް ނެތި ކާޑު ބޭނުން ކުރެވެއެވެ. އެ ނިންމުން ބީއެމްއެލް އިން ނިންމާފައި ވަނީ ކޮވިޑް19 އާއި ގުޅިގެންނެވެ. އެންމެ ފަހުން ކާޑު ލިމިޓަށް ބަދަލު ގެނެސްފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ