އާބަންކޯއިން ހުޅުމާލޭގައި ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކޮށްފިއެވެ.
އެކުންފުނިން މިއަދު ބުނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހެނދުނު 8:30 ފެށިގެން ކުރިއަށް ގެންދިޔަ ހަފްލާގައި އާބަންކޯގެ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭހެން 1000 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވި ކަމަށެވެ.
އެ ފަހްލާގައި ސުނާމީ ކާރިސާގައި ނިޔާވި އަދި ގެއްލުނު މީހުންގެ ހަނދާނުގައި 1 މިނިޓުގެ ސުކޫތެއް ގެނެވުނެވެ.
ގިނަ އަދެއްގެ މީހުން ބައިވެރިވި އެ ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމްއެވެ. އަދި ހަފްލާގެ ބައިވެރިންނާ މުހާތަބު ކުރައްވައި، ދިވެހިން އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބުމުގެ މުހިންމުކަމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ދިވެހިންނަކީ އެއް ލޭ ހިނގާ، އެއް އާއިލާއެއް ކަމަށާއި، އެއްބައިވަންތަކަން ބީވިޔަދީގެން ނުވާނެކަން ފާހަގަކުރެއްވިއެވެ.
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު ޑިސެންބަރު 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިން ދައްކައިދިން އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުންނެވެ. ސުނާމީ ކާރިސާއަށް ފަހު ކޮން އަހަރުވެސް ޑިސެމްބަރު 26 ވަނަ ދުވަސް ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ރާއްޖޭގެ ހުރިހައި ރަށެއްގައި ފާހަގަކުރެއެވެ.
އާބަންކޯ އިން ބުނީ ގައުމީ މުނާސަބަތުތަކާއި ދުވަސްތައް ފާހަގަކުރުމަށް އާބަންކޯ އިން އަބަދުވެސް އިސްކަން ދޭނެ ކަމަށެވެ. އަދި އެފަދަ ގައުމީ މުނާސަބަތުތަކުގައި އާބަންކޯގެ މުވައްޒަފުންގެ ފުރިހަމަ ބައިވެރިވުން އަބަދުވެސް ފެންނަކަމަށް ވެސް ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ