ހުޅުމާލެ ފޭސް ދޭއްގައި ބަންދު ކޮށްފައިވާ ސަރަހައްދުތަކަށް އާއްމު ފަރާތްތަކުން ވަނުން އާބަންކޯ އިން މަނާ ކޮށްފިއެވެ.
އާބަންކޯ އިން އެކަން މަނާ ކުރީ ދުވަސްވަރަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައްގިނަވެ ހުޅުމާލޭގައިވެސް އާދަޔާ ހިލާފަށް މަދިރި ގިނަވެފައިވާ ދުވަސްވަރެއްކަމުން، ސިއްހީ ދާއިރާގެ ހިދުމަތްތެރިދަނީ ތަކުރާރުކޮށް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަމުން ދާތީއެވެ.
އެގޮތުން ހުޅުމާލޭގެ ފޭސް ދޭއްގައި ބަންދުކޮށްފައިވާ ސަރަހައްދަކީ ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން ހުސްބިންތަކުގައި ބޮޑެތި ގަސްތަކާއި ވިނަހުރި ސަރަހައްދަކަތްވެފައި އެ ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުން އެކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އާބަންކޯ އިން ވަނީ އެދިފައެވެ.
ފޭސް ދޭއްގައި ބަންދުކޮށްފައިވާ ސަރަހައްދަކީ އާންމުންނަށް ހުޅުވާލެވިފައިވާ ސަރަހައްދަކަށް ނުވި ނަމަވެސް މަދުން ނަމަވެސް އާންމުން އެ ސަރަހައްދަށް ވަންނަކަން އެކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ އާބަންކޯ އިން ބުންޏެވެ.
އަދި ތަކުރާރުކޮށް އެކި ފަހަރުމަތިން އެ ސަރަހައްދަށް ނުވަނުމަށް އެކުންފުނިން މީގެކުރިން ވެސް އިލްތިމާސް ކޮށްފައިވާނެ ކަމަށާއި އެހެންކަމުން ހުއްދައެއްނެތި، ޒަރޫރީ އެއްވެސް ބޭނުމަކާއި ނުލައި އެ ސަރަހައްދަށް ނުވަނުމަށް އާބަންކޯ އިން ވަނީ އަންގައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ