ސީލައިފް ގްލޯބަލްގެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ދާން ކްރިމިނަލް ކޯޓުން ހުއްދަ ދިނީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމާފައިވާ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ޕީޖީން ނިންމައިފިއެވެ.
ޕީޖީން މިއަދު ބުނީ އެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމާއި މެދު އެ އޮފީހުން ހިތްހަމަ ނުޖެހޭތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފުކުރުމަށް މިއަދުގެ ވަގުތެއްގައި ހުށަހެޅޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމަވާފައި އޮތީ 06 ޑިސެންބަރު 2023 އިން ފެށިގެން 25 ޑިސެންބަރު 2023 އާ ހަމައަށެވެ. އެހެންކަމުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމިއިރު އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓް ވަގުތީގޮތުން ދޫކޮށްލުމަށް ނިންމި މުއްދަތު އޮތީ ހަމަވެފައެވެ.
އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް އެ އޮފީހުން ނިންމާފައިވަނިކޮށް އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓް އަމުރު މުރާޖަޢާކުރުމުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވެއެވެ.
ނަމަވެސް އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓާ ގުޅޭ މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމަވަންދެން އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖަޢާކުރުމުގެ އަޑުއެހުން ކުރިއަށް ނުގެންދެވުމަށް މި އޮފީހުންވާނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ