ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ނުދީ ލަސް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީއޭ އިން ބުނެފިއެވެ.
އެމްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މި ސަރުކާރަކީ ރައްޔިތުން ބަލައިގެންފައުވާ ސަރުކާރަކަށްވާއިރު ކެބިނެޓަށް ރުހުން ނުދީ، މަޖިލިސް ޗުއްޓީ އަށް ދާތީ ކަންބޮޑުވުންފާޅު ކޮށްފައެވެ.
އެ ބަޔާނުގައި ސަރުކާރެއްގައި، ވަޒީރުންނަކީ ދައުލަތް ހިންގުމުގެ އާއްމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސަށް މަޝްވަރާ ދޭން ތިއްބަވާ ފަރާތްތަކެއް ކަމަށް ބުނެފައިވެއެވެ. އަދި އެބޭފުޅުންނަކީ ރައީސަށް އެހީތެރިވެދިނުމާއި ގާނޫނުއަސާސީއާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސިޔާސަތުތައް ކަނޑައަޅާ ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރާ ބައެއް ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ.
ވަޒީރުންނަށް ރުހުން ނުދޭ މައްސަލާގައި އެމްޑީއޭ އިން ބުނީ އެއީ ރައްޔިތުންގެ ނިންމުމާ މަޖިލީހުން ދެކޮޅުވުން ކަމުގައި އެޕާޓީން ދެކޭ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ނިންމުމާ ދެކޮޅުވާހެން ދައުލަތުގެ އެއްވެސް ބާރަކުން މަސައްކަތް ނުކުރުމަށް އެ ޕާޓީން ގޮވައިލިއެވެ.
މާދަމާ މަޖިލިސް ޗުއްޓީ އަށް ދިއުމުގެ ކުރިން ބާއްވާ ޖަލްސާ އެޖެންޑާ ކޮށްފައިވާއިރު އެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައެއް ނެތެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ