ރައްޔިތުން މަޖިލީހުން މިއަހަރު ބާއްވާނެ އެންމެ ފަހު ޖަލްސާގެ އެޖެންޑާ ނެރެފިއެވެ.
ޖަލްސާގެ އެޖެންޑާ ނެރުނުއިރު އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހިމަނާފައެއް ނުވެއެވެ. މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވަނީ ވަޒީރުންނާއި ސުވާލު ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އާ ސަރުކާރުން އުފައްދާފައިވާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ކަމާގުޅޭ ކޮމެޓީ އަށް ފޮނުވުމެވެ.
އާ ސަރުކާރުން އެކުލަވާލި ވުޒާރާތަކުގެ މަސައްކަތުގެ ތަފްސީލު މަޖިލީހަށް ފޮނުވާފައި ނުވާތީ، ވަޒީރުންނަށް ރުހުން ދިނުން ރައްޔިތުންގެ މަޖިލީހުން ވަނީ މަޑު ޖައްސާލައިފައެވެ.
ވަޒީރުންނަށް ރުހުން ދިނުން މަޑުޖައްސާލާފައި ވަނީ، އެ ބޭފުޅުންނަށް ރުހުން ދިނުމަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން އޮތް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށް، ވޯޓަށް އަހަން ނިންމާފައިވަނިކޮށެވެ. އެގޮތަށް ނިންމެވީ މަޖިލީހުގެ ޖަލްސާ ފެށުމާ އެކު ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ނެންގެވި ނިޒާމީ މައްސަލައަކާ ގުޅިގެންނެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރީ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީންނެވެ. ސަރުކާރު ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާ މަޖިލީހަށް ފޮނުވާފައިވޭތޯ އެ ކޮމެޓީން ބަލާފައި ނުވާތީ، މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ