ރައްޔިތުން މަޖިލީހުގެ ރައީސާއި އަދި އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ދިރިއުޅުއްވާ އެޕާޓުމަންޓަށް ރޭ ވަޑައިގެންނެވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތައް ދޮގުކޮށްފިއެވެ.
އެ ވާހަކަތައް ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ އާއްމު ކޮށްފައި ވަނީ އަދުގެ ސަރުކާރަށް ތާއީދު ކުރާ ސޯޝަލް މީޑިއާގެ އެކްޓިވިސްޓެއް ކަމަށްވާ ލުޖައިންނެވެ. އޭނާ ވަނީ މަޖިލިސް ރައީސް އަސްލަމާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އިންޑިއާގެ ހައި ކޮމިޝަނަރު ހުޅުމާލެ އަމީން އެވެނިއުގައި ދިރިއުޅުއްވާ އެޕާޓުމަންޓުގައި އިއްޔެ ހަވީރު 17:30 އިން ރޭ އިރާކޮޅު 19:45އަށް ހުންނެވި ކަމަށް ބުނެފައެވެ.
އެކްސްގައި ކޮށްފައިވާ އެ ޕޯސްޓުގައި އަސްލަމް އެތަނުން ނިކުމެވަޑައިގެންނެވި ނަމަވެސް، އަލީ ނިޔާޒާ އަނދުން ހުސައިން ދެވަނަ ބުރަށް އެ އިމާރާތަށް ވެންނެވި ކަމަށް ވެސް ބުންޏެވެ.
އެ ޕޯސްޓާ ގުޅޭ ގޮތުން ރޭ ދަރުބާރުގޭގައި އޮތް ހަފްލާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވާހަކަދައްކަވާފައެވެ. ރައީސް ވަނީ އެ ޕޯސްޓަށް ރިއާޔަތްކޮށް އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ނަމަވެސް ބައެއް މީޑިއާތަކަށް މަޖިލިސް ރައީސް އަސްލަމް ވަނީ އެއްވެސް ސަފީރަކާ ބައްދަލު ނުކުރާ ކަމަށް ވިދާޅުވެ އިންޓަވިއު ވެސް ދެއްވައިފައެވެ. އަދި މަޖިލިސް އިދާރާ އިން ވެސް އެކަން ވަނީ ދޮގު ކުރައްވާފައެވެ.
އެއާއެކު އިންޑިއާގެ ހައި ކޮމިޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެއީ ސައްހަ ހަބަރެއް ނޫން ކަމަށް ބުނެފައެވެ. އިތުރު އެއްވެސް އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ