މުޅި ރާއްޖެއަށް މިހާރު ކުރަމުން ގެންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އަނެއްކާވެސް އިތުރު ސަރަހައްދުތަކަކަށް ޔެލޯ އެލާޓު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ޖުމްލަ 13 އަތޮޅަކަށް ޔެލޯ އެލާޓު ނެރެފައެވެ. އެލާޓު ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. އެލާޓު ނެރެފައި ވަނީ މިއަދުގެ މެންދުރު 13:00 އިން 17:00އާ ހަމައަށެވެ.
މެޓުން ބުނީ އެވަގުތުތަކުގައި ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާ ކޮށްފައެވެ.
އިއްޔެ މާލެ އަށް ވެހެން ފެށި ވާރޭގައި މުޅި މާލޭގައި ވަނީ ފެން ބޮޑުވެފައެވެ. އަދި ހުޅުލޭގައި ވެސް ވަނީ ފެން ބޮޑުވެފައެވެ. މީގެއިތުރުން ވިއްސާރާގައި ބައެއް އެހެން ރަށްތަކުގައި ވެސް ފެން ބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ