މުޅި ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި އެކިއެކި ގެއްލުންތައް ލިބިގެން ފަސް ރަށަކުން ރިޕޯޓު ކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެ އޮތޯރިޓީން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުނުކަމުގެ ރިޕޯޓު ކޮށްފައި ވަނީ ފ. ނިލަންދޫ އާއި ކ.ގުރައިދޫ އާއި ލ.ގަން އަދި ފޮނަދޫ އާއި ސ. މަރަދޫ އިން ކަމަށެވެ. އެރަށްތަކުގެ ތެރެއިން ވެސް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ގުރައިދޫ އަށް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެގޮތުން ގުރައިދޫގެ ޖުމްލަ 20 ގެއަކަށް ފެންވަދެ، ފެން ބޮޑުވެފައިވާ ކަމަށާއި ތިން ގެއަކުން އެހެން ތަންތަނަށް ބަދަލުވެފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
ފެން ބޮޑުވުމުގެ ހާދިސާތަކަށް އިޖާބަ ދިނުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ކުރަމުން އަންނަ ކަަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ. މީގެ އިތުރުންވެސް މާލޭގެ ބައެއް ގޭގައި ފެންބޮޑުވެފައި ވާތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ އެހީތެރިކަމާއިއެކު ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ޖުމްލަ 13 އަތޮޅަކަށް ޔެލޯ އެލާޓު ނެރެފައެވެ. އެލާޓު ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. އެލާޓު ނެރެފައި ވަނީ މިއަދުގެ މެންދުރު 13:00 އިން 17:00އާ ހަމައަށެވެ.
މެޓުން ބުނީ އެވަގުތުތަކުގައި ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާ ކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ