މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އޮރެންޖު އެލާޓު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ބުނީ މާލެ ސަރަހައްދު ހިމެނޭހެން އދ. އަތޮޅާއި ހަމައަށް މޫސުން ވަރަށް ގޯސް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން އެ ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.
މެޓު އޮފީހުން އެލާޓު ނެރެފައި ވަނީ 15:15 އިން 17:15އާ ހަމައަށެވެ.
މުޅި ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި އެކިއެކި ގެއްލުންތައް ލިބިގެން ފަސް ރަށަކުން ރިޕޯޓު ކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ.
އެ އޮތޯރިޓީން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުނުކަމުގެ ރިޕޯޓު ކޮށްފައި ވަނީ ފ. ނިލަންދޫ އާއި ކ.ގުރައިދޫ އާއި ލ.ގަން އަދި ފޮނަދޫ އާއި ސ. މަރަދޫ އިން ކަމަށެވެ. އެރަށްތަކުގެ ތެރެއިން ވެސް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ގުރައިދޫ އަށް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެގޮތުން ގުރައިދޫގެ ޖުމްލަ 20 ގެއަކަށް ފެންވަދެ، ފެން ބޮޑުވެފައިވާ ކަމަށާއި ތިން ގެއަކުން އެހެން ތަންތަނަށް ބަދަލުވެފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ