މިއަދު ވެހުނު ވާރޭގައި ހުޅުމާލޭގެ ބައެއް ފްލެޓުތަކުގެ ޕަމްޕު ރޫމްތަކަށް އަސަރު ކޮށްފައިވާ ކަމަށް އާބަންކޯ އިން ބުނެފިއެވެ.
އެކްސްގައި އާބަންކޯ އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ހުޅުމާލެ ފުލެޓް 14-82، 11-13، ކޮރަލްވިލް އަދި މާލޭގައި ހުންނަ ޓާަޓާ ފުލެޓްތަކުގެ ޕަމްޕް ރޫމްތަކަށް ވިއްސާރައިގެ ސަބަބުން އަސަރު ކޮށްފައިވާ ކަމަށެވެ. އަދި ބުނީ ޕަމްޕު ރޫމްއަށް ފެނުގެ އަސަރު ކުރުމާއި ގުޅިގެން ވަޅު ފެން މި ފުލެޓްތަކަށް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.
"މިކަން ހައްލު ކުރުމުގެ މަަސައްކަތް މިހާރު ދަނީ ކުރެވެމުންކަން ފާހަގަކޮށް މިކަން މި ފުލެޓުތަކުގައި ދިރިއުޅެމުންގެންދާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެމެވެ،" އާބަންކޯ އިން ބުންޏެވެ.
މާލެ ސަރަހައްދަށް ރެއިން ފެށިގެން ހުއްޓާނުލާ ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެ، ބައެއް ގެތަކަށް ވެސް އެކަމުގެ ސަބަބުން އަސަރުތައް ވަނީ ކޮށްފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނީ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދަށް 207 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ. އަދި މިއީ މުޅި ރާއްޖެ އަށް ކުރާ ވިއްސާރާގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވުނު މިންވަރު ކަމަށްވެސް ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ