ރައީސް އޮފީހުގެ ތަރުޖަމާނު ކަމުގެ މަގާމަށް އައްޔަން ކުރެއްވި މުހައްމަދު ޝަހީބް އެ މަގާމުން ވަކި ކުރައްވައިފިއެވެ.
ރަސްމީކޮށް އެކަން ރައީސް އޮފީހުން އިއުލާނު ނުކުރި ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުގައި އޭނާ މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައެވެ.
މިދިޔަ މަހުގެ 13ވަނަ ދުވަހު މަގާމަށް އައްޔަން ކުރެއްވި ޝަހީބު ތަރުޖަމާނު ކަމުގެ މަގާމުން ވަކި ކުރެއްވި ސީދާ ސަބަބެއް ސާފެ ނުވެއެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނުގެ ހައިސިއްޔަތުން ޝަހީބު ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އޭނާ ނޫސްވެރިންނާއި މެދު އަމަލު ކުރާ ގޮތާއި ދެއްވާ ޖަވާބުތަކާއި އަދި ނޫސްވެރިންގެ ބައްދަލުވުންތަކަށް ތައްޔާރު ނުވެ ވަޑައިގަންނަވާ މައްސަލާގައި ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކުރީގެ "ހަވީރު" ނޫހުން ނޫސްވެރިކަން ފެއްޓެވި ޝަހީބު މިހާރުވެސް އަންނަނީ "އަދިވެސް" ނަމަކަށް ކިޔާ ނޫހެއް އަމިއްލަފުޅަށް ހިންގަވަމުންނެވެ. ޝަހީބަކީ ކުރިން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.
ބްރޯޑްކޮމްގެ ރައީސްކަމުގައި ޝަހީބު ހުންނެވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އެ ވެރިކަމުގައި ބައެއް ޓީވީ ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރި މައްސަލާގައި ޝަހީބަށާއި އަދި އޭރު ބްރޯޑްކޮމްގެ މެންބަރުންގެ ގޮތުގައި ތިއްބެވި ފަރާތްތަކަށް ފާޑު ކިޔުންތައް އަމާޒުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ