ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯއްޗާއި ފްލެޓު ލިބުނު ކަމަށް ފައިނަލް ލިސްޓުގައިވާ ފަރާތްތަކަށް އެތަންތަން ލިބޭނެ ކަމަށް ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް އެކަން ކުރިޔަށް ދާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ދޫކޮށްފައެވެ. ނަމަވެސް ވެރިކަން ނިމުނުއިރު ރަޖިސްޓްރީ ލިބިފައި ވަނީ ބައެއް ފަރާތްތަކަކަށެވެ. ބިމުގެ ރަޖިސްޓްރީ ނުލިބޭ މީހުން އަންނަނީ އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ފާޅު ކުރަމުންނެވެ.
ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ ފްލެޓުތަކުން ފްލެޓު ލިބުނު މީހުންގެ ފައިނަލް ލިސްޓު ގެޒެޓު ކުރި ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެކަން ހުއްޓުވައިފައެވެ. އަދި މިއަދު ފްލެޓު ލިބުނު ބައެއް ފަރާތްތަކުން ވަނީ އޭސީސީ އަށް ވަނީ ގޮސް، އިހުތިޖާޖު ކޮށްފައެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފައިނަލް ލިސްޓު ގެޒެޓު ކުރިިއިރު ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ލިސްޓުގައިވާ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތާއި އެއްގޮތަށް ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށެވެ.
"މިހަފްތާއާ އަންނަ ހަފްތާ ތެރޭގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިޔަށް ގެންދާނެ،" ރައީސްގެ ޕޯސްޓުގައިވެއެވެ.
ރައީސް ވިދާޅުވީ ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަން ކަމުން، އެތަންތަން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށް ދާނެ ކަމަށެވެ. އަދި ކުރިން އެތަންތަން ހިއްކުމަށް ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ބިން ހިއްކުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ