ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުން މަޖިލީހުން ފާސްކޮށް، ފޮނުއްވާފައިވާ އިތުރު ދެ ބިލެއް މިއަދު ތަސްދީގު ކުރައްވައިފިއވެެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް މުއިއްޒު ވަނީ މަސައްކަތު މާހައުލުގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ބިލެއް ތަސްދީގު ކުރައްވާފައި ކަމަށެވެ.
މަސައްކަތު މާހައުލުގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ބިލަކީ ޑިސެންބަރު 18ވަނަ ދުވަހު މަޖިލީހުން ފާސްކޮށްފައިވާ ބިލެކެވެ. މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނަކީ މަސައްކަތްތެރިން މަސައްކަތްކުރާ މާހައުލުގެ ސަލާމަތާއި، މަސައްކަތްތެރިންގެ ސިއްހީ ރައްކާތެރިކަމާއި، މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެކެވެ.
އެ ގާނޫނުގެ ދަށުން، މަސައްކަތުގެ މާހައުލުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ރައްކާތެރިނޫން ނަމަ، ވަޒީފާ ދޭ ފަރާތްތައް ޖޫރިމަނާ ކުރުމަށާއި، މަސައްކަތުގެ މާހައުލުގައި ލިބޭ އަނިޔާތަކަށް ބަދަލު ހޯދުމުގެ ފުރުސަތު ފަހިކޮށްދޭނެއެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ބިލަކީ ވެސް ޑިސެންބަރު 18ވަނަ ދުވަހު މަޖިލީހުން ފާސްކޮށްފައިވާ ބިލެކެވެ. އެ ބިލުގައި ގާނޫނުއަސާސީގެ ދަށުން ލިބިދޭ މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި، އެފަދަ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކުރިއަރުވައި އެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރާނެ ކަންކަން ބަޔާންކޮށްފައިވެއެވެ.
އަދި ހަމައެހެންމެ، އެ ހައްގު ލިބިދެވޭނެ ދާއިރާ އެކަށައެޅުމާއި، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާގުޅޭ އުސޫލުތައް އެ ބިލުގައި ހިމަނާފައި ވެއެވެ. އަދި މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރުމާގުޅޭ އުސޫލުތަކާއި، ޓްރޭޑް ޔޫނިއަންތަކާގުޅޭ އެނޫންވެސް ކަންކަން އިންތިޒާމު ކުރުމުގެ އުސޫލުތައް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ