ގައުމީ އެއާލައިން "މޯލްޑިވިއަން" ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާއިޝަތު ޖެނިފާ އެ މަގާމުން ވަކިކޮށްފިއެވެ.
މައުލޫމާތު އެނގޭ ފަރާތަކުން މިރޭ "ހަތާވީސް" އަށް ވިދާޅުވީ ޖެނިފާ ވަކިކުރީ އެކުންފުނީގެ ބޯޑަށް އެފަދަ ކަންކަން ކުރުމުގައި ލިބިގެންވާ ބާރުގެ ދަށުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ. ޖެނިފާ އެ މަގާމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.
ބައެއް މީޑިއާތަކަށް ޖެނިފާ ވިދާޅުވެފައި ވަނީ މަގާމުން ވަކި ކުރެއްވި ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެ މަގާމުން އޭނާ ވަކި ކުރެއްވީ 25 އަހަރު ހިދުމަތް ކުރި ފަހުން ކަމަށެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ