ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެން ދާއިރު މާލެ ސަރަހައްދުގައި ގެދޮރު ނުލިބޭ ހަމަ އެކަކުވެސް ނުހުންނާނެ ކަމުގެ 100 ޕަސެންޓު ޔަގީންކަން ދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަން، ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަނުގައި ވާދަކުރައްވާ އާއިޝަތު އާޒިމާ ޝުކޫރުގެ މެނިފެސްޓޯ ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މާލެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަން ނުވަތަ ގެދޮރުގެ މައްސަލަ ކަމަށެވެ. އެކަމަށް ހައްލު ހޯދުމަށް އެމަނިކުފާނުގެ ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި މަސައްކަތް ފަށާފައިވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިއްކަން ފަށާފައިވާ ގުޅީފަޅާ ގިރާވަރުފަޅު ހިއްކުން ކުރިޔަށް ގެންދަވާނެ ކަމަށާއި އަދި އެތަންތަން ހިއްކާނީ ކުރީ ސަރުކާރުން ހިއްކަން ނިންމާފައިވާ މިންވަރަށްވުރެ ވެސް ބޮޑުކޮށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މިހާރު ހިއްކަން ފަށާފައިވާ ފުށިދިއްގަރުފަޅާއި ކުރީ ސަރުކާރުން ހިއްކަން ފެށި ގުޅީފަޅާއި ގިރާވަރުފަޅުގެ އިތުރުން ހުޅުމާލެ ފޭސް ތިނެއް ހިއްކާ ނިމި އުފެދޭ ބިމުން ބޯހިޔާވަހިކަން ނުލިބޭނެ އެކަކުވެސް މާލެ ސަރަހައްދުގައި ނުހުންނާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި އެ ބިންތަކުގައި ފަސޭހައިން ގެދޮރު އިމާރާތް ކުރެވޭނެ މަގުވެސް ސަރުކާރުން ފަހި ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ރައީސް ވަނީ ފަސް ޕަސެންޓު އިންޓްރެސްޓު ރޭތުގައި ލޯނު ދޫކުރާނެ ކަމަށް ވެސް ރޭ ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ