ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރަމުން އަންނަ މާލޭގެ އަމީނީ މަގުގެ ނުނިމި އޮތް ބައިގައި ތާރު އެޅުމަށް ތައްޔާރުވެއްޖެއެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުއްތޮލިބް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމީނީމަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 9ވަނަ ދުވަހު ކަމަށެވެ. އަދި ވިދާޅުވީ މިއަދު އެ ސަރަހައްދުގައި [ނުނިމި އޮތް ބައިގައި] ތާރު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މި މަސައްކަތަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި މަސައްކަތެކެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަން ނިމިގެން ދިޔައީ އަމީނީ މަގުގެ އެންމެ ފަހު ދެ ސެގްމަންޓުގެ މަސައްކަތްތައް ނުފެށިއެވެ. އެ ސަރުކާރުގެ އޭރުގެ ހައުސިން މިނިސްޓްރީން ބުނީ އެ މަސައްކަތް ނިންމާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 1.7 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި ފެން ހިންދާ ނިޒާމު ގާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި މަގުބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އާރްޑީސީ އަށް ހަވާލު ކޮށްފައި ވަނީ 84.4 މިލިއަން ރުފިޔާ އަށެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި