ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލެ ސަރަހައްދުން ދޫކުރި ގޯތިތަކުގެ ތެރެއިން ގޯތީގެ ރަޖިސްޓްރީ ލިބިފައިވާ މީހުންނަށް ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އިން މިރޭ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގޯތީގެ އެއްބަސްވުން ހަވާލު ކުރެވި، ގޯތި ހަވާލު ނުކުރެވިވާ ފަރާތްތަކަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މެދުކެނޑުމަކަށް ފަހު މި މަސައްކަތް އަލުން ފެށި އިރު މިއަދު ވަނީ 18 ޕްލޮޓެއް ހަވާލުކޮށްފައިވާ ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ