ރާއްޖޭގެ 11 މަޝްރޫއު އަކަށް ޗައިނާގެ ކުންފުނިތަކުގެ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ހުށަހަޅައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރައީސް ވަނީ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ހުޅުވައި ދެއްވައިފައެވެ. އަދި އެ ފޯރަމްގައި ރާއްޖޭގައި ސަރުކާރުން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ބައެއް މަޝްރޫއުތަކަށް ޗައިނާގެ ކުންފުނިތަކުގެ އެހީ އަށް ހުޅުވާލިއެވެ.
ސަރުކާރުން ހުޅުވާލި މަޝްރޫއުތައް:
- މާލޭ ވިޔަފާރި ބަނދަރު
- ފުށިދިއްގަރުފަޅު ތަރައްގީ ކުރުން
- އައްޑޫ ހިތަދު އާއި ހުޅުމީދޫ ލިންކް ރޯޑް މަޝްރޫއު
- ގދ. ތިނަދޫ-ކާޑެއްދޫ ލިންކް ރޯޑް މަޝްރޫއު
- އިހަވަންދިއްޕޮޅު އިންޓެގްރޭޓެޑް މަޝްރޫއު
- ކުނި މެނޭޖު ކުރުމުގެ މަޝްރޫއު
- އިޔާދަ ކުރަނިވި ހަކަތައިގެ މަޝްރޫއު
- 15 އެއާޕޯޓެއް އެޅުމުގެ މަޝްރޫއު
- ވެލާނާ އެއާޕޯޓު ތަރައްގީ ކުރުން
ރައީސްގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުން ބަދަލުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
އެގޮތުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިގްތިސޯދީ އަދި ޓެކްނޮލޮޖީގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން ހިމެނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ