ރާއްޖެ އަށް ސައުދީ އަރަބިއްޔާ އިން ކޮންމެ އަހަރަކުވެސް ދެމުން އަންނަ ހައްޖު ކޯޓާ އިތުރު ކުރުމާއި ގުޅޭ ގޮތުން އެގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓަރާއި ރާއްޖޭގެ އިސްލާމިކް މިނިސްޓަރާ ދެބޭފުޅުން މަޝްވަރާ ކުރައްވައިފިއެވެ.
އެ މަޝްވަރާ ބައްދަލުވުން ކުރިޔަށް ގެންގޮސްފައި ވަނީ މިއަދު ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު، ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ ތައުފީގު ބިން ފައުޒާން އައްރަބީއާާ ބައްދަލުކުރައްވައި އެކަމަށް ހާއްސަ ހަނދާނީ ލިއުމެއް އެމަނިކުފާނަށް އަރުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޑރ ޝަހީމްގެ ވާހަކަފުޅުގައި ސައުދީ ސަރުކާރުން ދިވެހި ހައްޖުވެރިންނާއި އުމްރާ ވެރިންނާ މެދު ވަރަށް ދީލަތިކޮށް މުއާމަލާތުކުރައްވައި އަގުހުރި ހިދުމަތެއް ދަނީ ދެއްވަމުންނެވެ. އެގޮތުން ހައްޖު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ކޮށްދެއްވަމުން ގެންދަވާ ހިދުމަތް ފާހަގަކުރެއްވިއެވެ.
އަދި މާތް ދެހަރަމްފުޅަށާއި ހައްޖާއި އުމްރާއަށް އަންނަ މީހުންނާއި މަދީނާ އަށް ޒިޔާރަތްކުރާ މީހުންނާ މެދު ބަހައްޓަވާ ދީލަތި ކަމަށްޓަކައި ސަލްމާން ރަސްގެފާނާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް ޑރ. ޝަހީމް ޝުކުރު އަދާކުރެއްވިއެވެ.
ސައުދީގައި ކިޔަވަން ތިބޭ ދަރިވަރުން ހައްޖު މޫސުމުގައި ހައްޖާޖީންނަށް އެހީތެރިވުމަށް އައުމަށް ރަސްމީކޮށް ހުއްދަ ދެއްވުމަށް ޑރ ޝަހީމް އެދިވަޑައިގަތެވެ. އަދި ހައްޖުގެ ކަންކަން ދިވެހި ބަހުން ކަވަރު ކުރުމަށް ދިވެހި މީޑިޔާ އަށް ފުރުސަތު ދެއްވުމަށް ވެސް ޑރ ޝަހީމް ވަނީ އެދިވަޑައިގެންފައެވެ. އަދި ރާއްޖޭގެ ޙައްޖު ކޯޓާ އިތުރުކުރުމާ މެދު ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
އަދި ހައްޖު އުމްރާ ހިދުމަތް ފަސޭހަކޮށް ރައްޔިތުންނަށް ލުއިގޮތްތަކެއް ހޯއްދަވަން ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ޑރ ޝަހީމް ހައްޖު މިނިސްޓަރާއެކު އޮތް ބައްދަލުވުމުގައި އަލިއަޅުވާލެއްވިއެވެ.
ޑރ ޝަހީމް ވަނީ ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ ތައުފީގަށް ފަސޭހަފުޅު ދުވަހަކުން ރާއްޖެވަޑައިގެންނެވުމަށް ވެސް ދައުވަތު ދެއްވާފައެވެ. އަދި ކްރައިސިސް މެނޭޖްމަންޓުގެ ދާއިރާއިން ރާއްޖޭގައި ތަގުރީރެއް ކުރެއްވުމަށް ވެސް ދައުވަތު ދެއްވިއެވެ.
ކޮވިޑް ޕެންޑަމިކް ތެރޭގައި ޑރ ތައުފީގު ހުންނެވީ ސައުދީގެ ހެލްތު މިނިސްޓަރުގެ މަގާމުގައެވެ. އެމަނިކުފާނު ދެއްކެވި ލީޑާޝިޕަށް ސައުދީގެ ވެރިންނާއި ދުނިޔޭގެ ތައުރީފު ލިބިވަޑައިގެންފައިވެއެވެ.
އެމަނިކުފާނު ޙައްޖު މިނިސްޓްރީއާ ހަވާލުވެވަޑައިގަތް ފަހުން ވަރަށް މުހިންމު ހެޔޮ ބަދަލުތަކެއްވަނީ ގެންނަވާފައެވެ. އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް ސަޢުދީއަށް ވަޑައިގެންނެވީ ޑރ ތައުފީގު ބިން ރަބީއާ ދެއްވި ހާއްސަ ދައުވަތަކަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ