ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބު މާޗު މަހުގެ 17ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އެކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައި ވަނީ މާޗް މަހުގެ 17ވަނަ ދުވަހުގައި ކަމަށެވެ. އެއީ ރަމަޟާން މަހުގެ ހަތްވަނަ ދުވަހުއެވެ.
މަޖިލިސް އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވާން އިދާރީ ގޮތުން ދަތިތަކާ ދިމާވާތީ އާއި އީދު ބަންދަށް ފަހު ފެށޭ ހަފުތާ އަކީ ސްކޫލުތަކުގެ އިމްތިހާން ދުވަސްވަރަށް ވުމުގެ އިތުރަށް އާއި ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައި ވާތީ މަޖިލިސް އިންތިހާބު ބޭއްވުމަށް ރޯދަ މަހުގެ ފުރަތަމަ ހަފްތުގެ ފަހު ދުވަސް ބާއްވަން ނިންމީ ކަމަށް އިލެކްޝަނުން ބުންޏެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބު، މި އަހަރުގެ ރަމަޟާން މަހުގެ ކުރިން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެކުރިން ހުށަހަޅާފައެވެ. 19ވަނަ ރައްޔިތުން މަޖިލީހުގެ ދައުރު ހަމަވަނީ އަންނަ އަހަރުގެ މެއި މަހުގެ 28ވަނަ ދުވަހަށެވެ.
ކުޑަ ހައިމާކަކުން ކުރެންދޫ ފަޅު ފުންކުރާތީ ޔާމީން ފާޑުވިދާޅުވެއްޖެ
އަންނަ އަހަރުގެ ބަޖެޓުން ބާކީ ހުރި ވައުދުތައް ފުއްދޭނެ: ރައީސް
މީޑިއާ ކޮންޓްރޯލް ކޮމިޝަންގެ ރައީސަކަށް ފަރުޝަތު
ވެލާނާ އެއާޕޯޓުން ޑޮލަރުތައް ފޭރުނު މައްސަލާގައި ބަޔަކު ހައްޔަރަށް
ރިޒާ އިސްތިއުފާ ދެއްވުމުން، ހުސްނީ ޖޭއެސްސީގެ މެމްބަރުކަމަށް
އައްޑޫ ބްރިޖްގެ ކޮންސަލްޓަންސީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި