ކުޑަކުއްޖަށް ޖިންސީ ގޯނާކުރިކަމުގެ ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރާ ފިލްމީތަރި މުހައްމަދު ޔުނާން ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާނާއި އޭނާގެ އަނބިމީހާ އައިމިނަތު ރިހުލާ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރީ 2020 ވަނަ އަހަރު އެވެ. އޭގެ ދެ އަހަރު ފަހުން މިދިޔަ އަހަރު ރިހުލާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
މިދިޔަ މަހު ހުޅުމާލޭ ކޯޓުން ޔުނާން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޔުނާން ދޫކޮށްލަން ނިންމީ ގާނޫނާ ހިލާފަށް ކަމަށްވާތީ އެ ނިންމުން ބާތިލްކުރާ ކަމަށެވެ. އަދި ޔުނާންގެ ބަންދުކުރަން ދައުލަތުން އެދެފިނަމަ ތެރޭގައި އެކަމާ މެދު ގޮތެއް ނިންމަން އަންގާ ކަމަށް ކަމަށެވެ.
ޔުނާންގެ ބަންދާ މެދު 24 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމަން ދަށު ކޯޓުގެ މައްޗަށް އަމުރުކޮށްދޭން ދައުލަތުން ހައި ކޯޓުގައި އެދުނެވެ. ނަމަވެސް ހައި ކޯޓުގެ ހުކުމުގައިވަނީ އެ ޑައިރެކްޝަންގެ އުސޫލުތަކަށް މި ބާވަތުގެ މައްސަލަތަކަށް ނުހިނގާނެ ކަމަށެވެ.
ޔުނާންގެ މައްޗަށް ޖިންސީ ގޯނާގެ ނުވަ ދައުވާއެއް ކުރާއިރު މައްސަލަ އޮތީ ހުކުމްކުރާ ހިސާބުގަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ