ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ޗައިނާ އިން ދީފިއެވެ.
ރައީސް ޑރ. މުހައްމަދު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ދަ ސްޓޭޓް ކައުންސިލް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ، އަދި ޓްވެންޓިއަތް ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ މެމްބަރ އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ދަ ޕޮލިޓިކަލް ބިއުރޯ، ލީ ޗިއާންއާ ވަނީ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ސްޓޭޓް ކައުންސިލުގެ ޕްރިމިއާ ދެއްކެވި ވާހަކަފުޅުގައި، ރައީސް މުއިއްޒުގެ ސަރުކާރުން އަލަށް ފައްޓަވަން ނިންމަވާފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުންނާއި އީ-ކޮމަރސްގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ހާއްސަކޮށް ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުއާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއުއާއި، އެނޫންވެސް ރާއްޖޭގެ ތަރައްގީއަށްޓަކައި ރާއްވަވާފައިވާ އިތުރު މަޝްރޫއުތަކުގައި އެއްބާރުލުން ދިނުމަށް މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އެ ބައްދަލުކުރެއްވުމުގައި، ސްޓޭޓް ކައުންސިލުގެ ޕްރިމިއާ ދެއްކެވި ވާހަކަފުޅުގައި ޗައިނާގެ ފަރާތުން ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ހުށަހެޅުއްވިއެވެ. އެގޮތުން ސްކޮލާޝިޕް ފުރުސަތުތަކާއި، ފަންނީ ދާއިރާތަކުން އަމަލީ ތަމްރީނުގެ ފުރުސަތުތަކާއި، އެކި ކުޅިވަރުތަކުގެ ތަމްރީނުގެ ފުރުސަތުތަކާއި، މަސްވެރިކަމުގެ ދާއިރާއާއި މެރިޓައިމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ގުދުރަތީ ދިރުންތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި، މެޓްރޮލޮޖިކަލް ޓެކްނޮލޮޖީއާއި އަދި މިނޫންވެސް އެކި ދާއިރާތަކުން ގުޅުންބަދަހިކުރުން ހިމެނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ