ވެރިކަން ކުރާ ޕީއެންސީ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރި 4.1 މިލިއަން ރުފިޔާގެ ހުކުމުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅައިފި އެވެ.
އާޒިމާގެ އައިރު ހާޒިރުގައި ސިވިލް ކޯޓުން އެ ހުކުމްކުރީ އޭނާ ނެންގެވި ލޯނަކަށް ފައިސާ ނުދައްކާ ކަމަށް ބުނެ އިސްލާމިކް ބޭންކުން ދައުވާ ކުރުމުންނެވެ. އެ ހުކުމް އިސްތިއުނާފް ކުރަން އާޒިމާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ.
އާޒިމާ ވިދާޅުވެފައިވަނީ އެގޮތަށް ހުކުމްކުރީ ލޯނު ރީސްޓްރަކްޗާ ކުރަން ބޭންކާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވަނިކޮށް ކަމަށެވެ.
އާޒިމާގެ މައްްޗަށް ދައުވާކުރާ އިތުރު މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުންދާ ކަމަށް ބުނެ މީޑިއާއަކުން ރިޕޯޓް ކޮށްފައި ވިޔަސް، ކޯޓުން ފަހުން ބުނެފައިވަނީ އެފަދަ އެއްވެސް މައްސަލައެއް ކޯޓުގައި ނެތް ކަމަށެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި