ސަރުކާރާ ދެކޮޅޫ ބޭފުޅަކު މާލޭގެ މޭޔަރު ކަމަށް ހިޔާރު ކުރުމަކީ މާލޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު "ޗޮއިސް"އެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން މިރޭ ގެނެސްދިން "އާސްކް އާޒިމާ" ޕްރޮގްރާމަށް ރައީސް މުއިއްޒު ވަނީ ޗައިނާގައި ހުންނަވައިގެން ފޯނު އިންޓަވިއުއެއް ދެއްވަވާފައެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބާއި ގުޅޭ ގޮތުން ރައީސް މުއިއްޒު ވަނީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތާއި އަދި އާޒިމާ އަށް ވޯޓު ދެއްވަން ޖެހޭ ބައެއް ސަބަބުތައް ހިއްސާ ކުރައްވާފައެވެ.
ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ގިނަ މަސައްކަތްތަކެއް އަދި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާއިރު އެކަންކަން ސަރުކާރުން ކުރަން ބޭނުން ވަނީ ރައްޔިތުންނާއި ގުޅިގެން ރައްޔިތުން އިންތިހާބު ކުރައްވާފައިވާ މޭޔަރުންނާއި ކައުންސިލަރުންގެ ވެސް ބައިވެރިވުމާއެކު ކަމަށެވެ.
އެހެންކަމުން އެފަދަ ކަންކަމުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ސަރުކާރުގެ ވިސްނުމުގެ ބޭފުޅަކު މޭޔަރު ކަމަށްވެސް އަދި މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ތިން ދާއިރާ އަށް ވެސް އިންތިހާބުވެގެން ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
"އެހެނެއް ނޫނޭ. ސަރުކާރުން ރައްޔިތުންނަށްޓަކައި ހިންގުމަށް ނިންމާފައިވާ މަޝްރޫއުތަކަކީ ކަމުނުދާ މަޝްރޫއުތަކެކޭ ތިމަންނާމެން އެކަމާއި ދެކޮޅު ހަދާނަމޭ ރައްޔިތުންނަށް އެކަންކަމުން ފައިދާއެއް ނުވާނެއޭ.... މި ވިސްނުމުގައި މަސައްކަތް ކުރާ ޕާޓީ ޕާޓީތަކުގެ ބޭފުޅުން މިވަގުތު މާލޭގެ ރައްޔިތުން ހިޔާރު ކުރުމަކީ ރަނގަޅު ޗޮއިސް އަކަށް ބުއްދިވެރި ގޮތަކަށް ވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ރެއާ ދުވާލު ރާއްޖޭގެ ރައްޔިތުންގެ ލާބައާ މަންފާ އަށް މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށް ވިދާޅުވިއެވެ. އަދި ހޮނިހިރު ދުވަހުގެ އިންތިހާބުގައި މާލޭގެ ރައްޔިތުން އެމަނިކުފާނުގެ މަސައްކަތުގައި އެއްބާރުލުން ދެއްވާނެ ބޭފުޅަކު އިންތިހާބު ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ