ރާއްޖެއަށް ކުރަމުން ގެންދާ ވިއްސާރާގައި، މާލެ ސިޓީއަށް މިއަދު ހުއްޓާނުލައި ވެހެން ފެށި ވާރެއާ އެކު މާފަންނުގެ ބައެއް ގެތަކަށް ގެއްލުންވެއްޖެއެވެ.
މިއަދު ހެނދުނުން ފެށިގެން މިރޭ އިރާކޮޅާ ހަމައަށް މާލެއަށް މެދުކެނޑުމެއް ނެތި ވާރޭވެހުނެވެ. ހުއްޓާނުލައި ވާރޭވެހެން ފެށުމުން މިއަދު ހެނދުނުން ފެށިގެން ސިފައިން ގެންދިޔައީ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލޭގެ އަށް ސަރަހައްދެއްގައި 17 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްކޮށްފައިވާ ކަމަށް ސިފައިން ބުންޏެވެ.
ފެންބޮޑުވެ، އެންމެ ބޮޑު ގެއްލުމެއް ލިބުނީ މާފަންނުގެ ގެތަކަށެވެ. އެގޮތުން އެ ގެތަކުގެ އެތެރެއަށް ފެންވަދެ، ނަރުދަމާތަކަށް މައްސަލަ ދިމާވެފައިވެއެވެ. މީގެ އިތުރުން އެ ސަރަހައްދުގެ ބައެއް ފިހާރަތަކަށް ވެސް ފެންވަދެ މުދަލަށް ގެއްލުންވެފައިވެއެވެ.
އެކަމާ ގުޅޭ ގޮތުން ބައެއް މީހުން މިރޭ ވަނީ "ހަތާވީސް"އަށް މައުލުމާތު ދީފައެވެ. އެކަމާ ގުޅޭ ވީޑިއޯ ތިރީގައި އެވަނީއެވެ.
ފެން ހިންދުމުގެ މަސައްކަތުގައި އުޅޭ ސިފައިން ބުނީ މިރެއާ ހަމައަށް މިހާތަނަށް ޕަންޕު ބޭނުންކޮށްގެން 18692 ޓަނުގެ ފެން ހިންދާފައިވާ ކަމަށެވެ.
މެދުރާއްޖެތެރެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އަށް އަތޮޅަކަށް ޔެލޯ އެލާޓް މިރޭ ނެރުނެވެ. މެޓް އޮފީހުން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހެމުންދާ ކަމާށެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ