ސަރުކާރު ހިންގާ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް އާއިޝަތު އާޒިމާ ޝަކޫރުގެ "ކޯލް ސެންޓަރެއް"، ވޯޓުލާ މަރުކަޒެއްގައި ހިންގި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އާޒިމާގެ ކޯލް ސެންޓަރު ހިންގާފައި ވަނީ މާފަންނުގެ ހަތަރު ދާއިރާއެއްގެ ވޯޓު ފޮށިތަކެއް ބަހައްޓާފައިވާ ސޯޝަލް ސެންޓަރުގައެވެ. އެތަނުގައި އާޒިމާގެ ކޯލް ސެންޓަރު ހިންގިކަން އެނގިގެން ބަޔަކު، އެތަނަށް ގޮސް އެކަން ހުއްޓުވަން މަސައްކަތްކޮށްފައިވެއެވެ. ޔޫތު މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެ އިމާރާތުގައި ކޯލް ސެންޓަރު ހިންގިކަން އެނގޭ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ. އަދި އެ ފޮޓޯތަކާއި ވީޑިއޯތައް ނަގަން އުޅުމުން އެކަން ހުއްޓުވަން އެތަނުގައި ތިބި ބަޔަކު މަސައްކަތްކޮށްފައިވެއެވެ.
ވޯޓުލާ މަރުކަޒުގައި ކޯލް ސެންޓަރު ހިންގި މައްސަލަ މިއަދު މެންދުރު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ވަނީ ހުށަހަޅާފައެވެ. އެ މައްސަލަ އީސީއަށް ހުށަހެޅުމާ އެކު، އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ އެ ސަރަހައްދަށް ވަޑައިގެންކަން ހިނގި ގޮތް ބަލާފައެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހަބީބު "ހަތާވީސް"އަށް ވިދާޅުވީ އެފަދަ މައްސަލައެއް އީސީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެތަނަކީ ޔޫތު މިނިސްޓްރީ ވެސް ހިންގަމުން އަންނަ އިމާރާތް ކަމަށް ވާތީ މިނިސްޓްރީ އަށް ވެސް ގުޅާ އެކަމުގެ މައުލޫމާތު ސާފު ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ގުޅިން ޔޫތަށް ވެސް [މިނިސްޓްރީއަށް] ގުޅައިގެން މައުލޫމާތު ސާފު ކުރިން. އެބޭފުޅުން ދެންނެވި މިނިސްޓްރީގެ މުވައްޒަފުން ނޫން ބަޔަކު އެތަނުގައި ނުތިބޭނެ ކަމަށް. އަދި މިއަދުވެސް މިނިސްޓްރީގެ މުވައްޒަފުން މަސައްކަތަށް ނިކުމެ އުޅޭ ކަމަށް އެބޭފުޅުން ދެންނެވި. ދެން އަޅުގަނޑުވެސް އެތަނަށް ދިޔައިން،" ހަބީބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއީ މީގެކުރިން ދުވަހަކުވެސް ހިނގި ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ވޯޓުލާ މަރުކަޒުތައް ކަނޑައެޅުމުގައި އީސީން ދެން އިތުރަށް ބަލާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ވޯޓުލާ މަރުކަޒެއްގައި ވެސް އަދި މަރުކަޒެއް ކައިރީގައި ވެސް ކެމްޕެއިން ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށާއި މިއަދު ހިނގާދިޔަ ކަންތައް ބަލާ ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އެކަމުގައި ފިޔަވަޅު އަޅާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ