މިއަދު ކުރިޔަށްދާ މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގެ ވޯޓުލުމަށް ނިކުންނަ މީހުންގެ އަދަދު މަދުކަން އިލެކްޝަންސް ކޮމިޝަނުގެ މައުލޫމާތުތަކުން ދައްކައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 54،680 މީހަކަށެވެ. މާލެ ސިޓީ ކައުންސިލުގެ އިތުރުން މިއަދު މ. މުލަކު ދާއިރާގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަން ވެސް އަންނަނީ ބާއްވަމުންނެވެ.
އެހެންކަމުން އެ އިންތިހާބާއެކު ޖުމްލަ 54،798 މީހުންނަށް ވޯޓުލެވެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު މެންދުރު 12:00އާ ހަމައަށް ވޯޓުލާފައި ވަނީ 6،201 މީހުންނެވެ. ވޯޓުނުލާ 49،801 މީހުން ތިބި ކަމަށް އިލެޝަންސް އިން ބުންޏެވެ.
އިއްޔެ އަކީ މާލެ އަށް ބޯކޮށް ވާރޭ ވެހުނު ދުވަހެކެވެ. މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން ވޯޓުލުން ނިންމުމަށް ކުރިން ކަނޑައަޅާފައިވާ ގަޑިވެސް އިލެކްޝަންސް އިން ވަނީ ހަވީރު 17:00އަށް ބަދަލު ކޮށްފައެވެ.
މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ޕާޓީތަކުން ވަނީ ފޯރިގަދަ ކެމްޕެއިނެއް ކުރިޔަށް ގެންގޮސްފައެވެ.
މި އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ އިތުރުން މިނިވަން ދެ ކެންޑިޑޭޓުން ވާދަކުރެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ