ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ނުދެއްވައި، އިންޑިއާއަށް ނުސީދާކޮށް ރައްދު ދެއްވައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ނޫސްވެރިން ގެނެސް، އެތަނުގައި ކޮޅަށް ބޭތިއްބުމަށްފަހު ބައި ގަޑިއެއްހާއިރު ވަންދެން ދަތުރުފުޅާ ބެހޭ ގޮތުން ރައީސް މުއިއްޒު ވާހަކަފުޅު ދެއްކެވިއެވެ. ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ގައުމު ކުޑަވުމަކީ ބުލީކުރުމަށް ދެވުނު ލައިސެންސެއް ނޫން ކަމަށެވެ. އިނގިރެސީ ބަހުން މިހެން ވިދާޅުވެ، ނޫސްވެރިންގެ ބައްދަލުވުން ދޫކުރައްވައި ރައީސް ވަޑައިގެންނެވިއެވެ.
ޕޯޑިއަމް ދޫކުރައްވައި ވަޑައިގަންނަވަން ރައީސް އުޅުމުން ނޫސްވެރިން ސުވާލު ކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް އެމަނިކުފާނު ސުވާލު ކުރަން ނޫސްވެރިންނަށް ފުރުސަތެއް ނުދެއްވިއެވެ.
ވެލާނާ އެއާޕޯޓަށް ނޫސްވެރިން ގެންދިއުމަށްފަހު، ސުވާލު ކުރަން ފުރުސަތު ނުދިނުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ ސުވާލު ކުރަން ފުރުސަތު ލިބޭ ގޮތަށް ފަހުން ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.
"[ޕްރެސް ކޮންފަރެންސް] ނިންމަވާލެެއްވީ ބަންގި ގޮވުމާއި އަދި ވޯޓު ލެެއްވުމަށް ވަޑައިގަންނަވަން ޖެހޭތީ،" ރައީސް އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެއެވެ.
ހަ ދުވަހަށް ޗައިނާއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކަށް އެ ގައުމުން ފަންޑު ހޯއްދެވިއެވެ. އަދި ރާއްޖެއިން ނަގާފައިވާ ދަރަނިތައް ދައްކަންޖެހޭ މުއްދަތު މުރާޖައާ ކުރުމަށް ވެސް ޗައިނާއިން ނިންމިއެވެ. މީގެ އިތުރުން އިންޑިއާއިން ރާއްޖެއަށް އާންމުކޮށް ގެންނަ މުދަލާއި ދިވެހިން އެ ގައުމުން ހޯދާ ހިދުމަތްތައް އެހެން ގައުމުތަކުން ފަސޭހައިން ލިބޭނެ މަގު ހޯއްދަވާފައިވާ ކަމަށް ރައީސް މުއިއްޒު މިއަދު އިއުލާން ކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
މިވެސް ފިތުނަ ނޫހެއް ދޯ .. ސާބަސް
ޢަހަރެޗައިނާއިން ރާއްޖެއަށް މިވަރަށް އެހީ މިވީ ހަމަރާއްޖޭގެ އަންހެންކުދިން ރީތިވީމަ. އިންޑިއާއިން ރާއްޖެއަށް މިހާތަނަށް ދިން އެއްވެސް ގެއްލުމެއް ފެންނާކަށްނެތް. ހުރިހާއަޑެއް ކިޔަންފެށީ ޔާމީނު ބޭނުންވާ ކަންޔައްތަކެއްނުވާން ފެށިހިސާބުން. އިންޑިއާއަށް މިވަރުކޮށްލަން ޖެހުނުސަބަބެއް އަދިވެސް ސަރުކާރުން ބަޔާންކޮށެއްނުދެވޭ. ދިވެހިރާޢްޖެއަކު މިލިޓަރީ ހަތިޔާރު އެޅިސޯލްޖާރސް ނުވަތަ ކަނޑާއެއްގަމާ ވައިގެ ސިގައިންނެއް ނެތް. ތިބީ މިލިޓަރީ ޑޮކުޓަރުންނާ ޕައިލެޓުންނާ އިންޖިނޭރުން. އެއީރާއްޖެއިން އެދިގެން ގެނައިބައެއް.
ޙަސޭ