މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށްޓަކައި ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް، ކާމިޔާބު ކުރައްވައިފިއެވެ.
އާޒިމް މި އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނޯ ބޮޑު ތަފާތަކުންނެވެ. އާޒިމް އާއެކު މި އިންތިހާބުގައި ވާދަކުރެއްވީ ސަރުކާރުގެ ފަރާތުން އާއިޝަތު އާޒިމާ ޝަކޫރާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ސައިފް އަދި މިނިވަން ދެ ކެންޑިޑޭޓުން ކަމަށްވާ ހުސައިން ވަހީދުގެ އިތުރުން ޝުއައިބު އަލީއެވެ.
ހެނދުނު 8:00ގައި ފެށި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 54،680 މީހަކަށެވެ. އިންތިހާބުގައި ވޯޓުލާން ނިކުތީ 12،522 މީހެކެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އާޒިމް މި އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓުލާން ނިކުތް މީހުންގެ 45 ޕަސެންޓު ވޯޓުންނެވެ. 5،635 ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަކުރައްވާފައި ވަނީ އާޒިމާއެވެ. އެގޮތުން އާޒިމާ އަށް 27.8 ޕަސެންޓު ވޯޓު ލިބިފައިވެއެވެ. އެއީ 3،482 ވޯޓެވެ.
ތަފްސީލް އަންނަނީ....
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ