ރަސްފަންނު ކުރިމަތީގައި ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އަޅަން ކޮރެލް ބޮލެވާޑަށް ދިން ބިން އަތުލި މައްސަލާގައި ގެއްލުމުގެ ބަދަލުގައި 426 މިލިއަން ޑޮލަރު (6.5 ބިލިއަން ރުފިޔާ) ހޯދަން އެ ކުންފުނިން ދައުވާކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކޮރެލް ބޮލެވާޑަށް ރަސްފަންނު ކުރިމަތިން ދިން ބިން އަތުލުމަށްފަހު ހުޅުމާލެއިން އެ ކުންފުންޏަށް ބިމެއް ދޭން ނިންމީ ކުރީގެ ސަރުކާރުގައި 2019 ވަނަ އަހަރު އެވެ.
އެ މައްސަލާގައި ކޮރެލް ބޮލެވާޑް ކުންފުނިން ޕްލޭނިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ އާ ބިމަށް އެތަން ބަދަލު ކުރެވިފައި ނުވާތީ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 426 މިލިއަން ޑޮލަރު ދައުލަތުގެ ކިބައިން ހޯދުމަށެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން ނިންމީ ފިނޭންސް މިނިސްޓްރީ އާއި ދައުލަތުގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީގެ މައްޗަށް އެ ދައުވާ ކުރެވޭނެ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ