އަންނަ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ވެސް ފަސްކޮށްފިއެވެ.
ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ އެންމެ ފުރަތަމަ ބާއްވަން ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް ފަހުން އެ ތާރީހު މިމަހުގެ 20 އަށް ފަސްކުރިއެވެ. އަނެއްކާ ވެސް އެކޯލިޝަންގެ މަޖިލިސް ޕްރައިމަރީ މިވަނީ މިމަހުގެ 27އަށް ފަސްކޮށްފައެވެ.
ޕީޕީއެމް/ޕީއެންސީން މަޖިލިސް ޕްރައިމަރީ ފަސްކުރިއިރު އިދިކޮޅު އެމްޑީޕީން ވެސް ވަނީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީ ފަސްކޮށްފައެވެ.
އެޕާޓީން ކުރިން ނިންމާފައި ވަނީ މިމަހުގެ 26 އަދި 27ގައި ޕްރައިމަރީ ބާއްވާށެވެ. ނަމަވެސް އިއްޔެ ކޮށްފައިވާ އިއުލާނެއްގައި އެޕާޓީން ބުނީ އަންނަ މަހުގެ ތިންވަނަ ދުވަހު ޕްރައިމަރީ ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
މަޖިލިސް އިންތިހާބަށް ހުޅުވާލަން ނިންމާފައި ވަނީ މިމަހުގެ 30ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ