ހައުސިން ޑިވެލޮމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ބޭނުން ކުރަމުން ދިޔަ "އާބަންކޯ" ކިޔުން ހުއްޓާލާ، އޭގެ ބަދަލުގައި ކުރިއެކޭ ވެސް އެއްގޮތަށް އެޗްޑީސީ ކިޔަން ފަށައިފިއެވެ.
މާލޭ ސަރަހައްދުގެ ތޮށްޖެހުން ކުޑަކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، 2001ވަނަ އަހަރު އުފެއްދި އެޗްޑީސީ ރީބްރޭންޑްކޮށް "އާބަންކޯ" ގެ ނަމަށް ބަދަލުކޮށް އެ ނަން ކިޔަން ފެށީ މީގެ 10 ވަރަކަށް މަސް ކުރިންނެވެ.
އާބަންކޯގެ ނަމަށް ބަދަލު ކޮށްފައި ވަނީ އެކުންފުނީގެ 22ވަނަ އަހަރީ ދުވަހާއި ގުޅިގެންނެވެ. ކުންފުނީގެ ނަން ބަދަލުވި ނަމަވެސް ގާނޫނީ ގޮތުން ބޭނުންކުރަނީ އެޗްޑީސީއެވެ.
އެޗްޑީސީން ބުނީ އެ ކުންފުނީގެ ބްރޭންޑް ނަން "އާބަންކޯ"ގެ ބަދަލުގައި، ކުންފުނީގެ ގާނޫނީ ނަން "އެޗްޑީސީ" ބޭނުންކުރަން ނިންމާފައި ވަނީ އެ ކޯޕަރޭޝަންގެ ނަމާ ގުޅޭ ގޮތުން ކަސްޓަމަރުންނަށް އަރާ އޮޅުންތައް ކުޑަކުރުމަށެވެ.
އެކުންފުނިން ވަނީ އެކުންފުނި ހިންގަމުން އަންނަ އިމާރާތުގެ ނަމާ ލޯގޯ ވެސް ބަދަލުކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ