ދާއިމީ ގޮތެއްގައި މަސް ކިރުމުން ފައިސާ ދެވޭނެ ނިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ރެސްކިއު ޑައިވަރު ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިންގެ މެދުގައި މިވަގުތުވެސް އަދި ކުރިންވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މަސް ކިރުމުން ފައިސާ ލިބުން ލަސްވާ މައްސަލަ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެކަންކަން ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
"އަޅުގަނޑަށް ޔަގީންކަން އެބަ އޮތް މަސްވެރިން ކިރާފައި ލިބޭ ފައިސާކޮޅު އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ، ދާއިމަށް ބަރާބަރަށް ފައިސާ ދެވޭނެ ނިޒާމު ރައީސް އެބަ ވަރަށް އަވަހަށް ހަމަޖައްސަވާ" ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިންނަށް ނުދީ ހުރި ފައިސާތަކުގެ ތެރެއިން މި ސަރުކާރު އައި ފަހުން 136 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދީފައެވެ.
ރެސްކިއު ޑައިވާ ޕްރޮގްރާމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަސްވެރިންގެ ފުރާނައަށް ގެއްލުން ވަނީ ފުޅި އަޅައިގެން ތަމްރީނެއް ނެތި ފީނުމުގެ ސަބަބުުން ކަމަށެވެ. ނަމަވެސް އެ ޕްރޮގްރާމުގެ ސަބަބުން މަސްވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަދި ޒަމާނަށް އަންނަ ބަދަލުތަކާއެކު އެންހިފަން ފީނުން މަދު ކުރުރުމަށްވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރުމަށް ވަނީ ރާވާފައި، އެގޮތުން މިހާރުވެސް ޕައިލެޓް ޕްރޮޖެކްޓްތަކެއްވަނީ ފަށާފައި، އޭގެ ސަބަބުން އެންވެރިކަމަކީވެސް ނަފާ ނެރެވޭނެ މަސައްކަތަކަށް ވެގެންދާނެ" މިނިސްޓަރު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ