އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ޑޯނިޔާ މަތިންދާ ބޯޓު، ސިއްހީ ކަންކަމުގައި އޮޕަރޭޓު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ނަގަންޖެހޭ ގޮތަށް އެސްއޯޕީގައި ނޯންނަ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައި މިވަނީ ގއ. ވިލިނގިލިން ހާލު ދެރަވެގެން އަވަސް ފަރުވާ އަށް މާލެ ގެނައުން ލަސްވެގެން 13 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
ގއ. އަތޮޅު ހޮސްޕިޓަލުން ބުނީ އެކުއްޖާ މާލެ ފޮނުވާލުމަށްޓަކައި އެ ހޮސްޕިޓަލުން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. ބަލި މީހާ މާލެ ފޮނުވާލަނީ ޗާޓާ ކޮށްގެން ގެންނަ ފްލައިޓެއްގައި ކަމަށާއި ބަލިމީހާ ފޮނުވާލުން ލަސްވަނީ އެ ފްލައިޓު ނައިސްގެން ކަމަށް އެދުވަހު ހޮސްޕިޓަލުން ބުންޏެވެ.
މީގެކުރިން ވެސް އެފަދަ ކަންކަމުގައި ޑޯނިޔާ މަތިންދާ ބޯޑު އޮޕަރޭޓު ކޮށްފައި ވާތީ ބައެއް ފަރާތްތަކުން އަންނަނީ އެ މައްސަލާގައި ޑޯނިޔާ އޮޕަރޭޓު ނުކުރީ ކީއްވެތޯ ސުވާލު އުފައްދައިފައެވެ. އަދި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވަނީ އެކުއްޖާ މާލެ ގެނައުމަށް ޑޯނިޔާ އުދުހުމުގެ ހުއްދަ އަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން ޣައްސާން އެދިވަޑައިގެންނެވި ކަމަށާއި ނަމަވެސް އެ ހުއްދަ ރައީސް ދެއްވާފައި ނުވާ ކަމަށް ބުނެ ހަބަރު ފަތުރަމުންނެވެ.
މިނިސްޓަރު ޣައްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެޑިކަލް އިވެކިއުއޭޝަން އޮޕަރޭޝަންސްތަކުގެ އެސްއޯޕީގައި ރައީސުލްޖުމްހޫރިއްޔާ އަން އެންގުމާއި ހުއްދަ ދިނުމެއް ނޯންނަ ކަމަށެވެ. އަދި އެފަދަ ކަންކަން ކުރަނީ ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ކަމަށް ވެސް ވިދާޅުވިއެވެ.
"ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން ތަފާސް ހިސާބުތަކަށް ބަލާއިރު މެޑިކަލް އިވެކިއުއޭޝަންގެ 93 ޕަސެންޓު ކޮށްފައި ވަނީ މޯލްޑިވިއަން މެދުވެރިކޮށް،" ޣައްސާން ވިދާޅުވިއެވެ.
ވިލިނގިލި ކުޑަކުއްޖާ ނިޔާވި މައްސަލާގައި ޑޯނިޔާ މަތިންދާ ބޯޓު ބޭނުން ނުކުރުމުންނާއި އަދި އައްޑޫ ސިޓީން ގެއްލުނު ފިރިހެން ކުއްޖާ ހޯދުމަށް ވެސް ޑޯނިޔާ ބޭނުން ކޮށްފައި ނުވާތީ ސަރުކާރަށް ބައެއް ފަރާތްތަކުން އަންނަނީ ފާޑު ކިޔުންތައް އަމާޒު ކުރަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ