ސީލައިފް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާން ޕާސްޕޯޓް ދޫކުރަން ދަށު ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދިނުމަށް އަންމަޓީގެ ފަރާތުން ހުށަހެޅީ މައިބަދައިގެ އޮޕަރޭޝަނެއް ކުރަންޖެހޭތީ ކަމަށް ބުނެ އެވެ. އަދި ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ދަމަހައްޓައިފަ އެވެ.
އެ މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލާގައި އެ ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އަންމަޓީ މީގެ ކުރިން ފިލައިގެން ގޮސްފައިވާއިރު އެ އިހުތިމާލު އޮތުމުގެ ހާާލަތަށް ބަދަލެއް އައި ކަން ފެންނަން ނެތް ކަމަށެވެ.
ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ބެއްލެވި މައްސަލާގައި ތިން ފަނޑިޔާރުން އިއްތިފާގުވި ހުކުމުގައި ބުނީ ކޯޓަށް އެއްބާރުލުން ދެމުން ދިޔުމާއި ފިލުމުގެ އިހުތިމާލު ކްރިމިނަލް ކޯޓުން ގުޅުވި ގޮތެއް ވެސް ސާފު ނުވާ ކަމަށެވެ.
ބޭސްފަރުވާއަށް ބޭރަށް ދިޔުމަށް ފުރައިގެން ދިޔުމުގެ ހުއްދަ ދޭން ވާނީ ޕާސްޕޯޓް ދޫކޮށްލުމުގެ ބަދަލުގައި، އޭނާއަށް ފިލައިގެން ނުދެވޭނެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ފަހު އެ ފިޔަވަޅުތަކުގެ ތެރެއިން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. އެ ހުރިހާ މައްސަލައެއްގެ ވެސް ޝަރީއަތް ކުރިއަށް ދަނީ ވަކިވަކިންނެވެ. އެއީ، އޭނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ މައްސަލަ ވަކިންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ