އެއްވެސް އިންތިހާބެއް ރޯދަ މަހުގެ ތެރޭގައި ނުބާއްވާ ގޮތަށް އިންތިހާބުތަކާއި ބެހޭ ގާނޫނަށް އިދިކޮޅު އެމްޑީޕީން އިސްލާހު ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ފަރާތުން އެ އިސްލާހު ހުށަހަޅާފައި ވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި ރޯދަމަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ނުބާއްވަން ވަނީ ހުށަހަޅައިފައެވެ. އަދި އިންތިހާބެއް ބާއްވާ ތާރީހު ރޯދަމަހަށް ވަންނަ ކަމަށްވާ ނަމަ އެ އިންތިހާބެއް ބާއްވަން ޖެހޭނީ ރޯދަމަސް ނިމި އޭގެ 10 ދުވަހުން ފަހުން ކަމަށް ވެސް ބުނެފައިވެއެވެ.
ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބު މާޗު މަހުގެ 17ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމައިފައެވެ. އެއީ ރަމަޟާން މަހުގެ ހަތްވަނަ ދުވަހުއެވެ.
މަޖިލިސް އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވާން ނިންމީ އިދާރީ ގޮތުން ދަތިތަކާ ދިމާވާތީ އާއި އީދު ބަންދަށް ފަހު ފެށޭ ހަފުތާ އަކީ ސްކޫލުތަކުގެ އިމްތިހާން ދުވަސްވަރަށް ވުމުގެ އިތުރަށް އާއި ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައި ވާތީ ކަމަށް އީސީން މީގެކުރިން ބުންޏެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބު، މި އަހަރުގެ ރަމަޟާން މަހުގެ ކުރިން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެކުރިން ހުށަހަޅާފައެވެ.
ނަވާރަވަނަ ރައްޔިތުން މަޖިލީހުގެ ދައުރު ހަމަވަނީ އަންނަ އަހަރުގެ މެއި މަހުގެ 28ވަނަ ދުވަހަށެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި