އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކެޓްރީ ވަޒީފާއިން ވަކިކުރި މައްސަލާގައި ބަދަލުގެ ގޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ އޭނާއަށް ދޭން އަންގާފައިވާ ބައި ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބެލި މައްސަލަތަކަކާ ގުޅިގެން 2019 ވަނަ އަހަރު މުސްއަބު ވަޒީފާއިން ވަކިކުރި މައްސަލާގައި ހައި ކޯޓުން ވަނީ އޭނާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށްވާތީ ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށެވެ.
އެ މައްސަލަ ސީއެސްސީން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މުސްއަބު ވަކިކުރީ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. ނަމަވެސް ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ނަގައިދިނީ ގޯސްކޮށް ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ ބަދަލުގެ ގޮތުގައި 1.1 މިލިއަން ދޭން އެންގި ބައި ބާތިލްކުރި ނަމަވެސް މުސްއަބުގެ ފަރާތުން ބަދަލު ހޯދަން އެދޭނަމަ އެކަމަށް ވަކި މައްސަލައެއް ހުށަހެޅުމުގެ ހައްގު މުސްއަބަށް އޮންނާނެ ކަމަށް ހުކުމުގައިވެ އެވެ.
މުސްއަބު ވަކިކުރީ ދައުލަތުގެ ސިއްރު ލިޔުމެއް ޓްވިޓާގައި އާންމުކުރި ކަމަށް ބުނެ އެވެ. ނަމަވެސް ކޯޓުން ނިންމީ އެއީ ސިއްރު ލިޔުމެއް ކަން ސާބިތުނުވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ