އެމްޑީޕީގެ ވެރިކަމުގައި އެޕާޓީގެ ތެރެއިން އުފެދުނު ހިޔާލު ތަފާތުވުންތަކަކާއި ގުޅިގެން ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެން އުފެއްދި ދަ ޑިކޮމްރެޓްސްއާއެކު ސިޔާސީ މަސައްކަތެއް ކުރަން ނިންމި ނަމަވެސް މަޖިލިސް އިންތިހާބުގައި ދެޕާޓީ ގުޅިގެން މަޖިލިސް އިންތިހާބަށް ނިކުތުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައި ވާތީ އެކަން އިއުލާނު ކުރުމަށް މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ އެ ދެޕާޓީގެ މެދުގައި އޭރު އުފެދުނު ހިޔާލު ތަފާތުވުންތައް އަދިވެސް އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެން މިއުޅެނީ އެއްވެސް ހާލަތެއްގައި ކައިވެންޏެއް ކުރާކަށް ނޫން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި ގައުމުގައި އަޅުގަނޑުމެން ދެބައި ވެސް ކަންބޮޑުވާ ކަންތައްތަކެއް ހުރީމާ އެކަންކަން އަޅުގަނޑުމެން މަޖިލިސް ތެރެއިން އެއްކޮށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން،" ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވެސް ވާދަ ކުރައްވާނެ ކަމަށެވެ. އަދި ޑިމޮކްރެޓްސް އިން ވާދަކުރަން ނިންމާފައިވާ ދާއިރާތަކަށް އެޕާޓީން ވެސް ވާދަ ކުރާނެ ކަމަށެވެ.
"ކުރިޔަށް އޮތް މަޖިލިސް އަށް އެއްކޮށް ދިއުމުގެ މި ދެންނެވީ މަޖިލިސް ގޮނޑިތައް ހޯދަން އެއްކޮށް ދިއުމުގެ އެއްވެސް ވިސްނުމެއް އަޅުގަނޑުމެންގެ ނެތް،" ފައްޔާޒު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައިވާއިރު ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ބައެއް ގާނޫނުތަކަށް ބަދަލު ގެނައުމަށް ވަނީ ނިންމައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ