ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރައްޔިތުން ބޭނުންވާ ކޮންމެ ސުވާލެއް ކުރުމަށް ބާއްވާ ފޯރަމް މިރޭ ފެށުމަށް ނިންމައިފިއެވެ.
"އަހާ" މި ނަމުގައި ބާއްވާ އެ ފޯރަމް އަކީ ރައީސް އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ބާއްވާ ފޯރަމެކެވެ. އެ ފޯރަމް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭގެ 20:30ގައި ސަލްޓަން ޕާކުގައެވެ.
މިރޭގެ ފޯރަމްގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމާއި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު އައިޝަތު ޝިހާމާއި ސްޕޯޓްސް މިނިސްޓަރު ރާފިއު އަދި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވައެވެ.
މި ފޯރަމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ. އަދި ފޯނު ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މިއީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން ރައީސް މުއިއްޒު ވަނީ ރައްޔިތުންނާއި ވީހާ ވެސް ގާތުން ހިދުމަތް ދެއްވާނެ ކަމަށް މީގެކުރިން ވިދާޅުވެފައެވެ. އަދި މިފަދަ ފޯރަމެއްގައި ހުދު އެމަނިކުފާނު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން