ކުރިޔަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ތިން ދާއިރާއަކަށް ޕީޕީއެމް އިން ވާދަ ނުކުރާ ގޮތަށް ނިންމާފައިވާ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އެޕާޓީއާއެކު މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ލީޑަރުންނަށް މަޖިލިސް އިންތިހާބުން ފުރުސަތު ދިނުމަށްޓަކައި އެ ދާއިރާތަކުގެ ޕްރައިމަރީ ނުބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
އެބޭފުޅުންގެ ތެރޭގައި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމު ހިމެނެއެވެ. ނާޒިމަކީ މިހާރު ދަނގެތި ދާއިރާގެ މެންބަރެވެ. ގާސިމަކީ މާމިގިލި ދާއިރާގެ މެންބަރެވެ. އަދި ސިޔާމަކީ މީދޫ ދާއިރާގެ މެންބަރެވެ.
"އަޅުގަނޑުމެން ނިންމާފައި މި އޮތީ އެމްއެންޕީގެ ލީޑަރު، ރިޓަޔާޑް ކާނަލް ނާޒިމް ވާދަކުރައްވާ ދާއިރާއަށް [ދަނގެތި ދާއިރާއަށް] އަޅުގަނޑުމެން ޕްރައިމަރީއަކަށް ނުދާނަމޭ. އަޅުގަނޑުމެން އެ ޕާޓީގެ ލީޑަރަށް އިހުތިރާމް ކުރުމުގެ ގޮތުން އަޅުގަނޑުމެން ވާދަނުކޮށް، އެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު އަޅުގަނޑުމެން ނާޒިމަށް ދޭނީއޭ،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދެން ތިއްބެވި ބޭފުޅުންނަށް އެ ދާއިރާތައް ދޫކޮށްލަން ނިންމީ، އެ ސަބަބަށްޓަކައި ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ