މާލޭގެ ބޯހިޔާވަހިކަން ހައްލު ކުރުމުގެ ގޮތުން ފުށިދިއްގަރުފަޅު ހިއްކާ "ރަސްމާލޭ"ގެ ނަމުން ނަން ދީފައިވާ މަޝްރޫއު އަކީ ކުރީގެ ރައީސް ޔާމީން ވެސް ހިޔާލު ކޮށްފައިވާ މަޝްރޫއެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިފަހަކަށް އައިސް ޔާމީން އަލަށް އުފައްދާ ސިޔާސީ ޕާޓީ "ޕީއެންއެފް" އިން އަންނަނީ އާއްމު މެންބަރުންނަށް ސުވާލު ކުރެވޭ ގޮތަށް ބައްދަލުވުންތަކެއް އެޕާޓީގެ އޮފީހުގައި ބާއްވަމުންނެވެ. ޔާމީން ވެސް އަންނަނީ އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. ނަމަވެސް ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ބޭފުޅަކަށް ވާތީ ސިޔާސީ ޕާޓީއެއްގެ އިސް ސަފުގައި ހަރަކާތްތެރިއެއް ނުވެވެއެވެ. އެހެންކަމުން ރައީސް ޔާމީން ވެސް އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަނީ އާއްމު މެންބަރެއްގެ ހައިސިއްޔަތުންނެވެ.
ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މާލެ ސަރަހައްދަށް އަދިވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އަދި އެކަމަށް ހައްލު ހޯދައި ދިނުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ރަސްމާލޭގެ ނަމުން މަޝްރޫއުއެއް ކުރިޔަށް ގެންދަން ފައްޓަވާފައިވާ ކަމަށާއި އެ މަޝްރޫއުއާ މެދު ވަކި އެއްޗެއް ދަންނަވާކަން ނެތީން ކަމަށް ރައީސް ޔާމީން ވިދާޅުވިއެެވެ.
"އެއީ އަޅުގަނޑުވެސް ހިޔާލު ކޮށްފައި އޮތް މަޝްރޫއުއެއް. އެހެންނަމަވެސް އަޅުގަނޑުގެ ހިޔާލުގައި އޭރު އޮތީކީއެއް ހުރިހާ ކަމެއް ހުއްޓާފައި އެކަން ކުރުމެއް ނޫން،" ޔާމީން ވިދާޅުވިއެވެ.
މާލެ އަދި ހުޅުމާލޭގައި ވެސް ބޭނުން ނުކުރާ އެތައް ބިމެއް އެބަހުރި ކަމަށް ވިދާޅުވެ، ޔާމީން ވިދާޅުވީ އެ ބިންތައް ހުސް ކުރެވޭނެ ގޮތްތައް ވެސް އެބަހުރި ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ