އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އަމުރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ އިޒްރޭލުން ގައްޒާގެ ރައްޔިތުންނަށް ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ. ރައީސްގެ ޕޯސްޓުގައި ކޮންމެ އިންސާނެއްގެ ފުރާނައަކީ ވެސް އޭގައި އަގެއްވާ އެއްޗެއް ކަމަށާއި އެއީ ރައްކާ ކުރަން ޖެހޭ އެއްޗެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ދައިމީ އަމާންކަން ގާއިމް ކުރެވޭނީ، 1967 ގެ ކުރީގެ ބޯޑަރުތަކަށް ތަބާވެ ފަލަސްތީނުގެ ވަކި ދައުލަތެއް ގާއިމް ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
މި މައްސަލަ އަކީ ދެކުނު އެފްރިކާ އިން އިޒްރޭލާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ. އަދި އައިސީޖޭ އިން ވަނީ އިޒްރޭލުން އަމުރާ ގުޅޭ ގޮތުން އަމަލުކުރި ގޮތުގެ ރިޕޯޓެއް މަސް ދުވަސް ތެރޭގައި ކޯޓަށް ހުށަހެޅުމަށް ވެސް އަންގައިފައެވެ.
އިޒްރޭލުން ގައްޒާ އަށް ހަމަލާތައް ދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެ ހަމަލާތައް ދޭން ފެށީ ހަމާސް އިން ދިން ކުއްލި ހަމަލާތަކެއްގެ ސަބަބުންނެވެ. ހަމާސްގެ އެ ހަމަލާގައި 1140 މީހަކު މަރާލިއެވެ. އަދި އެ ހަމަލާއާއެކު ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ހަމަލާތައް ދޭން ފެށިއެވެ. އެ ހަމަލާތަކުގައި މިހާތަނަށް 26،000 އަށްވުރެ ފަލަސްތީނު ރައްޔިތުން ޝަހީދު ކޮށްލާފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ