ކުރިޔަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން މަދުވެގެން 62 ގޮނޑި ނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެ ކޯލިޝަންގެ ލީޑަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް އިން މިއަދު ހެނދުނުން ފެށިގެން އަންނަނީ އެޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ގެންދަމުންނެވެ. ވޯޓުލުމުގެ ކަންކަން ކުރިޔަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސް މުއިއްޒު މިއަދު ވަނީ އަތޮޅުތަކުގެ ވޯޓުފޮށި ބެހެއްޓިފައިވާ ހެންވޭރު ދަނޑު ސަރަހައްދަށް ވަޑައިގެންފައެވެ.
ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ އަމާޒަކީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނެގުން ކަމަށް ވިދާޅުވެފައެވެ.
"ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ހެޔޮ ނިޔަތާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު މަސައްކަތް ކުރުން. އެކަން ރައްޔިތުން ބަލައިގަންނާނެ ކަމަށް ގަބޫލުކުރަނީ. އެހެންވީމާ މި ދެންނެވީ އިރާދަކުރެއްވިއްޔާ މަދުވެގެން 62 ގޮނޑި ނަގާނަން," ރައީސް ވިދާޅުވިއެވެ.
މި ޕްރައިމަރީގައި ޖުމްލަ 73 ދާއިރާއެއްގެ ވޯޓުލުން ކުރިޔަށް ދާނެއެވެ.
ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި 283 ކެންޑިޑޭޓުން ވާދަކުރާއިރު އިންތިހާބުގައި 71،597 މީހުންނަށް ވޯޓުލެވޭނެ ކަމަށް ޕީޕީއެމް ޕީއެންސީން ބުންޏެވެ. ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ފެށިއިރު ޕްރައިމަރީއާ ނުމާ 13 ބޭފުޅަކަށް ވަނީ މިހާރުވެސް ޓިކެޓު ކަށަވަރުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ