ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދު ކުރިޔަށްދާ ދައުރުން ބޭރުގެ ޖަލްސާގެ ވޯޓު ގަޑިއަށް ތާވަލު ކޮށްފިއެވެ.
މިއަދުގެ ޖަލްސާގައި ކޮމެޓީން ނިންމާފައިވާ އެ މައްސަލަ އަށް މަޖިލީހުގެ ތަޅުމުގައި މެންބަރުން ބަހުސް ކުރެއްވިއެވެ. އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްގެ ވިސްނުން ހުރީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމެވެ.
ވަޒީރުންނަށް ރުހުން ދޭން ގޮވާލެއްވީ ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނާއި ސަރުކާރަށް ތާއީދު ކުރާ ޖުމްހޫރީ ޕާޓީ އެމްޑީއޭ އަދި އެމްއެންޕީގެ މެންބަރުންނެވެ.
ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭ ގޮތުން ޑިމޮކްރެޓްސް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމަށެވެ.
އަދި އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގައި ކަމަށާއި އެގޮތުން ވަޒީރުންނަށް ރުހުން ދިނުމުގައި ވެސް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ އެގޮތުގެމަތީން ކަމަށް އެޕާޓީން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ