އިއްޔެ ބޭއްވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރެއްވި އަންހެން ކެންޑިޑޭޓުންގެ ތެރެއިން، އެންމެ ކެންޑިޑޭޓަކަށް ފިޔަވާ އެހެން ހުރިހާ ކެންޑިޑޭޓުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.
އިއްޔެ ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ޖުމްލަ 32 ކެންޑިޑޭޓުން ވާދަ ކުރެއްވިއެވެ. މީގެތެރޭގައި ކުރީގެ ބައެއް ވަޒީރުންނާއި މަޖިލީހުގެ ކުރީގެ މެންބަރުކަން ކުރެއްވި އަންހެން ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ.
އެހެންނަމަވެސް އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ 18ވަނަ ރައްޔިތުން މަޖިލީހުގައި ވެސް މެންބަރުކަން ކުރެއްވި އަންހެން ބޭފުޅެއް ކަމަށްވާ އަސްމާ ރަޝީދެވެ. އޭނާ ވާދަ ކުރައްވަނީ މާފަންނު މެދު ދާއިރާއަށެވެ.
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް އަދި ކުރީގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމު ވެސް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވި ނަމަވެސް މި ބޭފުޅުންނަށް ވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ.
މުޅި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރި އެ ޕްރައިމަރީގައި އަންހެން 32 ކެންޑިޑޭޓަކު ވާދަކުރިއެވެ.
މަޖިލިސް އިންތިހާބުގައި ވާދަކުރާ އަންހެން މެމްބަރުން އިތުރު ކުރުމުގެ ގޮތުން 20 އިންސައްތަ ޓިކެޓް އަންހެން މެމްބަރުންނަށް ޚާއްސަކޮށް، ހޮވިއްޖެ ނަމަ އިނާޔަތެއް ދޭން ވިސްނަވާކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ