ޑިމޮކްރަސީއެއްގެ ރީތި ހަމައަކީ ރައީސުލްޖުމްހޫރިއްޔާ އިހްތިޔާރު ކުރާ ވަޒީރުންނަށް ރުހުން ދިނުން ކަމަށް ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނާއިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ޑިމޮކްރެސީގެ އެންމެ ރިވެތި ހަމައަކީ ރައީސުލްޖުމްހޫރިއްޔާ އިހްތިޔާރު ކުރާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުން ކަމަށެވެ. އެކަމާއި ދެކޮޅަށް ބައެއް ޕާޓީތަކުން ދައްކަވާ ހުއްޖަތްތަކަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ.
ނާއިބު ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދު ކުރިޔަށްދާ ދައުރުން ބޭރުގެ ޖަލްސާގެ ވޯޓު ގަޑިއަށް ތާވަލު ކޮށްފައި ވަނިކޮށެވެ. އަދި އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ